-"
ސިގްމާ ވީކް" ގެ ނަމުގައި ސިގްމާ ކޯޓިންގްސްއިން %10 ޑިސްކައުންޓްލިބޭ ޕްރޮމޯޝަނެއް އެމްޓީސީސީއިން ފަށައިފިއެވެ.
މިމަހުގެ
15އިން 20ގެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި
ޕްރޮމޯޝަނާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ
އިބްރާޙީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ސިގްމާ
ކޯޓިންގްސް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތުތައް
އޮޑިވެރިންނާއި، ކުންފުނިތައް އަދި އިންޑަސްޓްރިއަލް ސައިޓްތަކުގައި
މަސައްކަތްކުރަމުންދާ ފަރާތްތަކާއި ހިއްސާކުރުމާއި، އާދައިގެ ކޯޓިންގްސްތައް
ބޭނުން ކުރަމުންދާ ފަރާތްތައް ހޭލުންތެރިކުރުވުމާއި އެފަރާތްތަކަށް ސިގްމާ
ކޯޓިންގްސް އިން ހައްލު ހޯދައިދިނުން ކަމަށެވެ.
އެމްޓީސީސީ ޝޯވްރޫމުން
ވިއްކާ ސިގްމާ މެރިން އަދި އިންޑަސްޓްރިއަލް ކޯޓިންގްސް އަކީ 1996 އިން ފެށިގެން
އެމްޓީސީސީގައި ވިއްކަމުން ގެންދާ ދަވާދެކެވެ.