ޚަބަރު

ކޯވިޑް-19 : ކަރަންޓީން ފެސިލިޓީގައި ހުރި ކުއްޖަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ


ކަރަންޓީން ފެސިލިޓީއެއްގައި ހުރި ކުއްޖަކަށް ސިފައިންގެ މީހަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަޙްޤީޤްކުރަން ފަށައިފިއެވެ.

ނޭޝަން އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މި މައްސަލައިގެ ތުހުމަތު ކުރެވެނީ އެ ކަރަންޓީން ފެސިލިޓީ ހަވާލުވެ ހުންނެވި މެނޭޖަރ ލެވެލްގެ މީހަކަށްކަމަށެވެ. މިމައްސަލައިގެން ތަޙްޤީޤު ފުލުހުން ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާމެދު އެމްއެންޑީއެފް އިން ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިކަމުގައި ޖެންޑާ މިނިސްޓްރީންވެސް ބަލަންޖެހޭ ކަންކަންވެސް ބަލަމުންދާކަމަށާއި، އެ މިނިސްޓްރީގެ ފަރާތުން އެ އާއިލާއާއި ވާހަކަދައްކާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.