ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޝަރީފް އައްޔަނުކުރައްވައިފި


ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު އައްޔަން ކުރައްވައިފިއެވެ.

މިހާތަނަށް އޭނާ ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ގެ މަޤާމުގައެވެ.

ޢަބްދުﷲ ޝަރީފަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

އަބްދުﷲ ޝަރީފްއަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވި އިރުވެސް ވަގުތީ ގޮތުން ކަސްޓަމްސް ހިންގެވުމާއި ހަވާލުވެ ހުންނެވީ ޝަރީފެެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޝަރީފް އައްޔަން ކުރައްވާފަިއވަނީ އެމަޤާމު ފުރުއްވަމުން ގެންދެވި އަޙުމަދު ނުޢުމާން އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

އޭނާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އިންޑިއަަށް ވަޑައިގެން ހުންނަވަނިކޮށެވެ. ނުޢުމާނު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ 11 ޑިސެމްބަރު 2018 ގައެވެ.