ޚަބަރު

ކޯވިޑް-19 : ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޕޮޒިޓިވް


ހުޅުމާލެ ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަލަފުޅުދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ އޭނާ ޕޮޒިޓިވްވިކަން އެނގުނީ ސްކޫލަށް ޑިއުޓީއަށް ނުކުތްފަހުންކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަފައިހުރުމުން އިތުރުބަޔަކު ޕޮޒިޓިވްވެފައި ނުވާކަން ޑޮކްޓަރ ނަޒްލާ ފާހަގަކުރެއްވިއެވެ.

"ސްކޫލެއްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުލެއް މިވަނީ ޕޮޒިޓިވްވެފަ. އޭނާ ސްކޫލަށްވެސް މިދިޔަ ދެދުވަހު ނުކުމެވަޑައިގެންފައިވޭ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ މާސްކާ އެއްޗެހިއަޅަފަ ހުންނެވީމަ، އެހެންމީހުންވެސް ޑިސްޓެންސިންއާއި ކަންކަމަށް ސަމާލުކަން ދީގެން ކަންކަން ކުރެވިފަހުރީމަ ސްކޫލްގެ 3 ސްޓަފެއްފިޔަވާ އެހެން އެއްވެސް މީހެއް ކޮންޓެކްތެއްގެ ގޮތުގައި ބެލެވޭކަށެއް ނުއެއްނެތް. އެހެންވީމަ 3 މީހުން ޖުމްލަ މިދިޔައީ" ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ، މިއިން އެނގެނީ ފުރަބަންދަށް ލުއިތަކާއެކު ސްކޫލްތަކާއި އޮފީސްތައް ހުޅުވަލާފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންގެ ފިޔަވަޅުތަކަށް އަމަލުކުރުމުގެ މުހިންމުކަންކަމަށާއި، އެ ފިޔަވަޅުތަކަށް އަމަލުކޮށްފިނަމަ ކޮންޓެކްޓުންގެގޮތުގައި ކަރަންޓީންވާންޖެހޭ މީހުންމަދުވެ، ބަލި ފެތުރޭނެ ފުރުޞަތު ކުޑަވެގެންދާނެކަންކަމަށެވެ.