ޚަބަރު

އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ބިލު ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް

ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމަށް ނެރޭ ޤަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުންގެ ރުހުން ހޯދަންޖެހޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލް ބަލައިގަންނަން މަޖިލީހުން ފާސްކޮށްފިއެވެ.

ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުން ވޯޓުންނެވެ. މިބިލް ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ. މިބިލް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އިޖުތިމާއި މައްސަލަތަކަށްވުރެ ޤާނޫނީ މައްސަލަތަކެއް ހައްލުކުރުމަށް ހުރުމުން ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭގޮތް އިންތިޒާމްކުރުމަށާއި، މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭގޮތް ހަދައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް މިހާރަށްވުރެ ބޮޑަށް ސާފުކުރުމުގެ ގޮތުން ހުށައަޅާފައިވާ ބިލެއްކަމަށް ބިލް ހުށައެޅުއްވި މެންބަރުވަނީ ވިދާޅުވެފައެވެ.

މި ބިލުގައިވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ބައެއް އިތުރުކުރުމަށެވެ. އަދި އިތުރުކުރާ ބަޔަށް 4 މާއްދާގެ ހިމެނުމަށްވެސް ވަނީ ހުށައަޅާފައެވެ.

މީގެތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުންވަނީ ހިމަނާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާންވާނެކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ސިއްޙާތާއިބެހޭ ވަޒީރު ނެރެފައިވާ ގަރާރާ ގުޅިގެން، ކޮންމެ ވަގުތެއްގައިމެ، ކަންތައްތަކެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށްވެސް އިސްލާހުގައިވެއެވެ.

މި އިސްލާހުގައިވާގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޙާލަތު ދެމެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިވަޑައިގެން ވަޒީރަށް ލަފާ އަރުވައިފިނަމަ، އެޤަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން އެ މުއްދަތު އިތުރުކުރާން ފާސްކުރަންވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށްފަހު އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހާ ޚަރަދުގެ ތަފްޞީލު، ޖެހިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިން، ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

އިސްލާހުގައި ހިމެނޭ ބައިތައް

- ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުން
- މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން
- ގަރާރު ބާޠިލްކުރުން
- ޤަރާރަށް ގެންނަން، މަޖިލީހަށް ފެންނަ ބަދަލު ގެނައުން