ވިޔަފާރި

ބިދޭސީ މަސައްކަތްތެރިން އެނބުރި ރާއްޖެ އައުމަށް ޙާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެ


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ އެތެރެވުމަށް މިހާރު ޙާއްޞަ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗުމަހުން ފެށިގެން ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީނަށް ރާއްޖެއަށް އެތެރެވެވެނީ ޙާއްސަ ހުއްދައަކާއެކުއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ޙާއްޞަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސި އުޞޫލު މޯލްޑިވްސް އިމިގްރޭޝަނުން މިއަދުން ފެށިގެން ބާތިލް ކޮށްފައިވާކަމަށެވެ.

މިދިޔަ މާރޗުމަހުގެ 21 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހެއެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން ހުއްދައަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހެއެވެ.