ޚަބަރު

9 މީހުންނާއެކު މަހަށް ނިކުތް ދޯންޏެއް ފެތި އެންމެން ކަނޑުވެއްޖެ


9 މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އެންމެ ކަނޑުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި 9 މީހުންކަނޑުވެފަ ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް މިހާރު ނަގާފައިވާކަމަށެވެ.


އެމްއެންޑީއެފުން ވިދާޅުވީ ކަނޑުރޯދި 1 ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ ކަނޑުގަދަވެ މޫސުން ގޯސްވުމުފެ ސަބަބުންކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަމިޔާ ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދޯނީ އަޑިއަށް ގޮސްފައިވަނީ މާލޭގެ 17 މޭލު އިރުން ކ. ހުރާ ބޮއި ކައިރީގައި މަސްވެރރިަކން ކުރަން އުޅެނިކޮށްކަމަށާއި މި ހާދިސާގެ ރިޕޯޓްލިބިފައިވަނީ ހެނދުނު 06:33 އެހާކަންހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި އަޑިއަށް ދިޔަ ދޯނީގެ ފަޅުވެރިން ނެގި ދޯނީގެ ކައިރީގައި އެމްއެންޑީއެފްގެ ވެލާނާ ލޯންޗް ހަރަކާތެރިވަމުން އަންނަކަމަަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މޫސުމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.