ޚަބަރު

މަޖިލީހުގެ އިތުުރު މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް-19 އަށް މަޖިލީހުން އިތުރު މުވައްޒަފަކު ޕޮޒިޓިވްވިކަން އެގިފައި ވަނީ މިއަދު ހެދުނުގައެވެ. ޕޮޒިޓިވްވެފައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒިފެއްކަމަށް ޕީއެސްއެމްއަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޮފީހަށް ނިކުމެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރުވެސް ޕޮޒިޓިވްވި މުވައްޒިފުންނާއި، ކޮންޓެކްޓްވި މީހުން އެކަހެރިކޮށް މަޖިލިސް އިދާރާ ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ކޭސް އާއި ގުޅިގެންވެސް މަޖިލިސް ވަނީ ޑިސްއިންފެކްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

މަޖިލީހުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވި ކަމުގައި ވީނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއިއެކު މަޖިލީހުގެ މާދަމާގެ ޖަލްސާވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.