ޚަބަރު

ކަރަންޓީން ފެސިލިޓީއަކުން ފިލައިގެން އުޅޭ މީހަކު ހޯދަނީ


ކޯވިޑް-19ގެ ފުރަބަންދާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައިވަނިކޮށް ފިލާފައިވާ ބަންގްލަދޭޝްގެ ރައްޔިތަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމީހާ ފިލައިގެން އުޅޭ މައްސަލަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފުލުހުންނަށް ހުށަހަޅާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަހާދުރު، ކުމިލަ، ބަންގްލަދޭޝް، ޕާސްޕޯޓު ނަންބަރު: BP0762231 އެވެ. މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19އާއި ގުޅިގެން ކަރަންޓީން ފެސިލިޓީސްތަކަށާއި، ހޯމް ކަރަންޓީންގައި ތިބުމަށް އެންގޭ ބައެއް ބިދޭސީން ފިލައިގެން އުޅޭމައްސަލައިގަ މީގެކުރިންވެސް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.