ޚަބަރު

އިދިކޮޅު ކޯލިޝަނުން މާލޭގައި މުޒާހަރާކޮށްފި


އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މާލޭގައި މުޒާހަރާކޮށްފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވި މި މުޒާހަރާ ފަށާފައިވަނީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ގުޅޭ ކަންމަތިންނެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތްކުރުމުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުގައި ހިންގާފައެވެ. މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާއި ހަމައަށް ކުރިއަށް ގެންދިޔައެވެ.

މުޒާހަރާގެ ބައިވެރިންވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔާ ބައެއް ބޭފުޅުންގެ އިސްތިފާއަށް ގޮވާފައެވެ.