ކުޅިވަރު

ސްޓެލިއޮން އެފްސީއާއި ރާއްޖެ އެއްވަރު


ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ޗައިނާޔާއެކު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ފިލިޕީންސްގައި އެ ޤައުމުގެ ސްޓެލިއޮން އެފްސީއާއެކު ކުޅުނު މެޗް ދޭއް ދޭކުން އެއްވަރުވެއްޖެ އެވެ.ފިލިޕީންސްގައި ކޭމްޕް ކުރަމުންދާ ރާއްޖޭގެ ޤައުމީ ޓީމް ފިލިޕީންސްގައި ކުޅުނު ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ބައްދަލްކުރި އެ ޤައުމުގެ ފުރތަމަ ޑިވިޜަންގެ ސްޓެލިއޮން އެފްސީ ކޮޅަށް ރާއްޖެއިން ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު އުމެއިރުއެވެ. މި ގޯލް އޭނާ ޖެހީ ހިލޭ ޖެހުމަކުން އަކްރަމް އަބްދުލް ޢަނީ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެޔަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާޔާއެކު ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ރާއްޖެ ޕެނަލްޓި އޭރިޔާ ތެރެއިން ކެޕްޓަން މުޙައްމަދު އާރިފް އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސްޓެލިއޮން އެފްސީ ގޯލެއް ޖަހާ ރާއްޖެއާއި އެއްވަރުކުރިއެވެ.އެޔަށްފަހު ލިބުނު ކޯނަރެއްގެ އެހީގައި ދެވަނަ ގޯލެއްވެސް ސްޓެލިއޮން އެފްސީއިން ޖެހިއެވެ.ރާއްޖެއަށް ނާތިޖާ ހަމަހަމަކޮށްދިނީ ބަދަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަޙުމަދު އިމާޒެވެ.އަންނަ މަހުގެ ތިންވަނަ ދުވަހު ރާއްޖެ ކުޅޭ ދެވަނަ ރަޙުމަތްތެރިކަމުގެ މެޗުގައި ބައްދަލްކުރަން ހަމަޖެހިފައިވަނީ ފިލިޕީންސްގެ ޤައުމީ ޓީމާއެވެ.