ޚަބަރު

ފްލެޓް ކޮމިޓީގެ އޮފީސް ޑިސްއިންފެކްޓްކޮށްފި


މުވައްޒަފުންތަކެއް ކޯވިޑް-19އަށްޕޮޒިޓިވްވުމާއި ގުޅިގެން ފްލެޓް ކޮމިޓީ ހިންގާ އޮފީސް ބަންދުކޮށް
ޑިސްއިންފެކްޓްކޮށްފިއެވެ.

މިދިޔަމަހުގެ 28ވަނަ ދުވަހު ކޮމިޓީގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން ކޮމިޓީގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

ކޮމެޓީން ބުނީ މަސައްކަތް ހުއްޓާލަން ޖެހިފައިމިވަނީ މިދިޔަ މަހުގެ ފަހުކޮޅު ނުވަތަ މިމަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށްކަމެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަންކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައެވެ. މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ. ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެކަމަށްވެސް ކޮމެޓީން ވަނީ ބުނެފައެވެ.