ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 153 މީހުން، ރާއްޖެ ހިމެނޭހެން 7 ޤައުމުގެ މީހުން ހިމެނޭ


ރާއްޖެއިން އިތުރު 153 މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 148 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 5 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ 116 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 11 މީހަކާއި އިންޑޮނެޝިއާ، މިސްރު، އިނގިރޭސިވިލާތް، ކެންޔާ މިއިން ކޮންމެ ޤައުމަކަށް ނިސްބަތްވާ އެކަކެވެ.

މިއާއެކު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިވަނީ 2294އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 4446 އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 23 މީހުންނެވެ. މިއާއެކު ރާޢްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2693އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އާ ގުޅިގެން 105 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. އަދި 1152 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުން އެބަދެއެވެ. މިހާތަނަށް 83115 ސާމްޕަލެއް ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނަގާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

ރާއްޖެެއިން މިހާތަނަށް 19 މީހަކުވަނީ ކޯވިޑް-19ޖެހިގެން ނިޔާވެފައެވެ.