ޚަބަރު

ފަޔަރ އެންޑް ރެސްކިއު ކޮމަޑާންޓްގެ މަޤާމަށް ކާނަލް މުޙައްމަދު މުޚުތާރު


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމަށް ކާނަލް މުޙައްމަދު މުޚުތާރު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަޤާމު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް އެވެ. އަދި މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާނަލް މުޙައްމަދު މުޚުތާރު ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.