ޚަބަރު

ކޯވިޑް-19 : 8 ރިސޯޓަކުން 6 ފަތުރުވެރިންނާއި 12 މުވައްޒަފުން ޕޮޒިޓިވް


ރާއްޖޭގެ 8 ރިސޯޓަކުން 6 ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެއްފައިވާކަަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގެ 8 ރިސޯޓުތަކުން 6 ފަތުރުވެރިއަކާއި، 12 މުވައްޒަފެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން މިހާތަނަށް 7774 މީހަކު ވަނީ ރާއްޖެ އައިސްފައެވެ. މިއަދު އެކަނިވެސް 157 މީހަކު އައިސްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު 15 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވެވފައިވާ މީހުން އެބަތިއްބެވެ. އޭގެތެރޭގައ ހިމެނެނީ ހއ.ކެލާ، އިހަވަންދޫ، ފިއްލަދޫ، ހދ.ނައިވައިދޫ، ރ.ހުޅުދުއްފާރު، ބ.ކަމަދޫ، ކުޑަރިކިލު، ޅ.ހިންނަވަރު، ނައިފަރު، ކ.މާފުށި، ތުލުސްދޫ، ވ.ފުލިދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫސިޓީ ހިދަތޫއާއި ފޭދޫއެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ރަށެއް މިވަގުތު މޮނިޓަރިންގެ ޙަލަތުގައި ނެތްކަމަށް އެޗްއީއޯސީން ވިދަޅުވެއެވެ.