ކޯވިޑް-19

ހުޅުދުއްފާރުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެ


ރ. ހުޅުދުއްފާރުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، ހުޅުދުއްފާރުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީޒް ސާމްޕަލުންކަމަށެވެ.

ހުޅުދުއްފާރުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުނުނަމަވެސް އަދި އެރަށް މޮނިޓަރިންއަށް ނުވަތަ އަރާފޭބުން މަނާކުރިކަން އެޗް.އީ.އޯ.ސީން ހާމަކޮށްފައި ނުވެއެވެ. ހުޅުދުއްފާރުން މީގެކުރިންވެސް ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކުންނާއި، 9 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 5679 އަކަށް އަރާފައިވާއިރު، 3208 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި އައިސޮލޭޝަންގައި މިވަގުތު 1518 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި 146 މީހަކު އަންނަނީ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.