ކުޅިވަރު

މާފަންނާ މައްޗަންގޯޅީގައި ފުޓްސެލް ދަނޑެއް އަޅަނީ


މާލޭގެ މާފަންނާ މައްޗަންގޯޅީގައި ފުޓްސެލް
ދަނޑު އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

 ޔޫތް މިނިސްޓްރީގައި
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިދެ ފުޓްސެލް ދަނޑު އެޅުމުގެ
އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު
ޒުހޫރު. އަދި މޯލްޑިވްސް ރޯޑް
ޑިވެލޮޕްމެންޓް ކޯޕަރޭޝަން –އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން
ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.

މިދެ އެއްބަސްވުން ބުނާ ގޮތުން މާފަންނުގައި
އެޅުމަށް ހަމަޖެހިފައިވާ ފުޓްސެލް ދަނޑުއަޅާނީ އެސްޓީއޯއާ ޖެހިގެން އޮންނަ
ހުސްބިމުގަ، އެއީ ތިންސަތޭކަ ސާޅީސް ފަސް ނަންބަރު ކޮށްޓެވެ. އަދި މައްޗަން ގޯޅީގައި
އެޅުމަށް ހަމަޖެހިފައިވާ ފުޓްސެލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ސަތޭކަ ހަތްދިހަ
ނަންބަރު ކޮށީގައެވެ. އެގްރީމެންޓް ބުނާ ގޮތުން ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ
ތެރޭގައި ދެ ދަނޑު އަޅާ ނިންމަންޖެހޭކަމަށް ޔޫތް މިނިސްޓްރީން މަޢުލުމާތުދިނެވެ. އަދި
މިއިން ކޮންމެ ދަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެއެވެ. 

ޔޫތް މިނިސްޓަރ ޒުހޫރު ވިދާޅުވީ މިދެ ދަނޑު އެޅުމުންވެސް
މާލޭގެ ޒުވާނުންނަށް ފުޓްސެލް ކުޅުމަށް ލިބެމުންދާ ދަތިކަމަށް ކޮންމެވެސް ވަރެއްގެ
ހައްލެއް އަންނާނެކަމަށް ގަބޫލް ކުރާކަމަށެވެ. ސަރުކާރުގެ އަމާޒަކީ ފުޓްބޯޅައިގެ
އިތުރުންވެސް އެހެން ކުޅިވަރުތަށް ކުޅޭތަންތަން ގާއިމްކުރުންކަމަށް ޒުހޫރު
ވިދާޅުވިއެވެ.

"  މާލެއަކީ
ބިމުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ތަނެއް. އެހެންކަމުން މިވަގުތަށް އޮތް
ހައްލު އަޅުގަނޑު މިހާރު މިގެނެސްދެނީ. އިރާދަކުރެއްވިއްޔާ މުސްތަގްބަލްގަ،
ރަޢީސުލް ޖުމްހުރިއްޔާގެ ވިސްނުންފުޅަކީ މާލޭގެ އެކިއެކި ދިމަދިމާގައި ހުރި ބިންތަށް އުސްކޮށްގެންވެސް، ކުޅިވަރުގެ ވަސީލަތްތަށް ގާއިމްކުރުން. އަދި މިހާރު
ސަރުކާރުން އެމަސައްކަތްތަށްވެސް މިހާރުވެސް އެދަނީ ކުރަމުން. މިއަދު މިދެ
ފުޓްސެލް ދަނޑުގައި އެޅުމަށް ސޮއިކުރި ގޮތަށް އެހެން ކުޅިވަރުތަށްކަށްވެސް މިފަދަ
ފުރުސަތުތަށް ލިބިގެންދާނެ ޔަގީންކަން އަރުވަން: މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.



މިނިސްޓާރ އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް
ބަޖެޓް ތަންދިން މިންވަރަކުން ފުޓްސެލް ދަނޑުތަށް އެޅުމަށް ސަރުކާރުން މަސައްކަތް
ކުރަމުންދާކަމަށާ މިއަހަރުގެ ބަޖެޓުން އަދިވެސް ތަން ދޭނަމަ، އިތުރު
ދަނޑުތަށް އެޅުމަށް ސޮއިކުރާނެކަމަށެވެ.