ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައި ބަޔަކު ޕޮޒިޓިވް ވެއްޖެ


އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އައި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިތަނުގައި މަސައްކަތްކުރުމަށް ގެނެސްފައިވަނީ އިންޑިއާގެ ރައްޔިތުންނެވެ.

ޕޮޒިޓިވްވި މީހުންނަކީ އިންޑިއާއިން ރާއްޖެ އައިސް ގަމުގެ، ދޫގަސް ކަރަންޓީނު ފެސިލިޓީގަި ތިބި ބައެކެވެ. މިމީހުން ޕޮޒިޓިވެފައި މިވަނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ޓެސްޓް ސާމްޕަލްތަކުންނެވެ.

ބައެއް މީހުން ޕޮޒިޓިވް ވެފައިވާ ކަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ޔަޤީން ކޮށްދީފައެވެ. ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ސީދާ އަދަދު 14:00 ހާއިރަށް ޔަޤީން ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮންފަމޭޓަރީ ޓެސްޓުތަށް ހެދުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.