ކޯވިޑް-19

ކޯވިޑް-19 : ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 40އަށް


ހުޅުމާލޭގައި މިއަދު ނިޔާވި ބިދޭސީ މީހާ ނިޔާވެފައިވަނީ ކޯވިޑް-19ގައި ކަމަށް ކަނޑައަޅައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، މިއަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 43 އަހަރުގެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އޭނާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވެފައިވާކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް މި މީހާ ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ގެނެސްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސައިޓަކުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަލު 11،900 އަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް 40 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.