ޚަބަރު

ސިފައިންގެ އޮފިސަރަކު އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދައިފި


އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާރޖަންޓް ޝަރީފް އުފެއްދި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް ހަދިޔާ ކުރައްވައިފިއެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސްދައުރެއް އަދާ ކުރައްވާ ޝަރީފް މިސެނިޓައިޒަރ މެޝިން އުފެެއްދީ މިލޮކްޑައުންގެ ތެރޭގައި ލިބުނު ޗުއްޓީގައި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

1.5 ލީޓަރުގެ ސެނެޓައިޒަރ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ބުންޏެވެ.

މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުންވާ ވަރަށް އަތް ސެނިޓައިޒް ކުރެވޭ މެޝިނެކެވެ.

މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ މިއުފެއްދުންތެރި މަސައްކަތަށްޓަކައި ޝަރީފަށް ހިއްވަރު ދެއްވައިފައެއެވެ.

ދިވެހިރާއްޖެއަށް ޞިއްޙީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.

ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން މިނިސްޓަރު މާރިޔާއަށް ހަދިޔާ ކުރެއްވުމަށް ބުދަ ދުވަހު ބަނޑޭރި ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝަހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ މިއުފެއްދުންތެރި މަސައްކަތައްޓަކައި ޝަރީފަށް ހިތްވަރު ދެއްވައިފައެއެވެ.

ދިވެހިރާއްޖެއަށް ޞިއްޙީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.

ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން މިނިސްޓަރު މާރިޔާއަށް ހަދިޔާ ކުރެއްވުމަށް ބުދަދުވަހު ބަނޑޭރި ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝަހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައެވެ.