ސިޔާސީ

އެމްޑީޕީގެއިހްތިޖާޖު ކުރުންތަކާއެކު މަޖްލިސް ކުރިއަށް ގެންގޮސްފި


ރައްޔިތުންގެ
މަޖިލީހުގެ  މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް
މިއަދު ފެށުމާއެކު އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި
އަޑުގަދަކޮށް އިހްތިޖާޖު ކުރަންފަށައިފިއެވެ. މިއަދުގެ ޖަލްސާ ފެށުމާއިއެކު
އިދިކޮޅު ފަރާތްތަކުންވަނީ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަށް
ގޮވާލާ ބެނާ ހިފައިގެން މަޖިލީހުގައި އަޑު އުފުލާފައެވެ. 

ނިމިގެންދިޔަ
ދައުރުގައިވެސް އެއްމަސް ދުވަސް ވަންދެން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ
މެމްބަރުން އިހްތިޖާޖް ކުރިއެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތަށާއި އިދާރީ މޭޒަށް
ހުރަސް އަޅާފަރާތްތަކުގެ ހާޒިރީ އުނިކޮށް އެލަވަނސްް އުނިކުރެވޭގޮތަށް މަޖިލީހުގެ
ގަވާއިދުފާސްކުރުމާއި އެކު ވަނީ އިހްތިޖާޖުތަށް ނިންމާލާފައެވެ. މިއަދުގއެ ޖަލްސާއަށް
އެޖެންޑާކޮށްފައި ވަނީ ދެ މަސައްކަތެވެ. 

އެންމެ
ފުރަމަ އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހައުސިން މިނިސްޓަރާ
ކުރައްވާ ސުވާލު ކުރެއްވުމެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި
ސުވާލު ކުރައްވަމުން ގެންދެވިއރު ވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދިއައީ އިހުތިޖާޖު ކުރައްވަމުންނެވެ. ނިޒާމީ މައްސަލައެއްގައި ވާހަކަފުޅުދައްކަވަމުން ވިލިމާލެ
ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ
މަޖިލީހަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއް ނޫންކަމަށެވެ. 

ވަޒީރަށް ހުރަސްއަޅަން އެމްޑީޕީން މަސައްކަތްކުރުމުން ގިނަ މެމްބަރުންވަނީ އެކަމާ
ކަންބޮޑުވުން ފާޅުުކޮށްފައެވެ. ދެވަނަ މަސައްކަތަކަށް އެޖެންޑާކޮށްފައިވަނީ
މާފްދިނމާާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ހުށައެޅި އިސްލާހާއި މެދު އަލުން
ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލައަށް ގޮތެއް ނިންމުމެވެ.