ވިޔަފާރި

މިސަރަހައްދުގެ ޤައުމުތަކުން އިންޓަނެޓް ސްޕީޑު އެންމެ ހަލުވި ޤައުމަކަށް ރާއްޖެ


ސާކު ޤައުމުތަކުގެ ތެރެއިން މޯބައިލް އިންޓަރނެޓް ސްޕީޑު އެންމެ ހަލުވި ޤައުމަކީ ރާއްޖެކަމަށް އޯކްލާއިން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.

ދުނިޔޭގެ ޖުމަލަ 139 ޤައުމެއް މި ލިސްޓުގައި ހިމެނޭއިރު ރާއްޖެއަށް ލިބިފައިވަނީ 53 ވަނައެވެ.

އިންޓަރނެޓު ސްޕީޑްތައް މޮނީޓަރކުރާ އޯކްލާގެ މައުލޫމާތުތަކުގައިވާ ގޮތުން ރާއްޖޭގެ މޯބައިލް އިންޓަރނެޓު ސްޕީޑަކީ 38.37 އެމްބީޕީއެސްއެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ މި ޑޭޓާތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް ލިބިފައިވަނީ މި ލިސްޓުގެ 72 ވަނައެވެ. އޯކްލާއިން ވަނީ މަހުންމަހަށްވެސް އިންޓަރނެޓުގެ ސްޕީޑަށް އަންނަ ބަދަލުތައް ރެކޯޑުކޮށްފައެެވެ. އެގޮތުން ރާއްޖެއަށް މިދިޔަ އޮގަސްޓުމަހު ލިބިފައިވަނީ 57 ވަނައެވެ. އެހެންކަމުން އޮގަސްޓުމަހާ އަޅާ ބަލާއިރު އޮކްޓޫބަރުމަހު ވަނީ ރާއްޖޭގެ އިންޓަނެޓްގެ ސްޕީޑް ހަލުވިވެފައެވެ.

ސާކުގެ އެހެން ޤައުމުތަކަށް ލިބިފައިވާ ރޭންކިންއަށް ބަލާއިރު، ރާއްޖެއާއި އެންމެ ކައިރިން ވާދަކުރަނީ ޕާކިސްތާނެވެ. ޕާކިސްތާނަށް ލިބިފައިވަނީ ލިސްޓުގެ ޕާކިސްތާން 106 ވަނައެވެ. ސްރީލަންކާއަށް 118 ވަނަ ލިބިފައިވާއިރު، އެޤައުމުުގެ އިންޓަރނެޓް ސްޕީޑަކީ 17.04 އެމްބީޕީއެސްއެވެ.

ނޭޕާލަށް 120 ވަނަ ލިބިފައިވާއިރު އިންޑިއާ އަށް ލިބިފައިވަނީ 131ވަނައެވެ. އެޤައުމުގެ އިންޓަރނެޓް ސްޕީޑަކީ 12.34 އެމްބީޕީއެސްއެވެ. އަދި އަވަށްޓެރި ބަންގްލަދޭޝައަށް ލިސްޓުގެ 135 ވަނަ ލިބުނުއިރު ލިސްޓުގެ އެންމެ ފަހަތުގައި އޮތީ އަފްޣާނިސްތާނެވެ.

އޯކްލާއިން ހާމަކުރާގޮތުގައި ދުނިޔޭގައި މޯބައިލް އިންޓަރނެޓް ސްޕީޑު އެންމެ ހަލުވި ޤައުމަކީ ސައުތު ކޮރެއާއެވެ. އެޤައުމުގެ އިންޓަރނެޓް ސްޕީޑަކީ 145.03 އެމްބީޕީއެސްއެވެ. ދެން އެންމެ އިންޓަނެޓް ސްޕީޑު ހަލުވި ޤައުމަކީ ޔޫ.އޭ.އީއެވެ. ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ޗައިނާއެވެެ. ޗައިނާގެ އިންޓަރނެޓް ސްޕީޑަކީ 124.39 އެމްބީޕީއެސްއެެވެ.

ސިނާން ހާދީ

އެބަާން ނެރިފަ، އެކަމަކު އެއްވެސް ގޮތަކަށް ބަޔަކު ގަބޫލު ކުރާނެ އެއްޗަކައް ނުބެލެވޭ. https://www.speedtest.net/global-index#mobile

ޙުސެން

ޢިންޓަނެޓްގެ އަގުތަކުގެ ތަފާތުގެ ރިޕޯޓް އެއް އެމީހުން ނުނެރޭތަ؟