ސިއްހަތު

ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ހެލްތު ސްކްރީން ކޮށްފި


ރާއްޖޭގެ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުން ހެލްތު ސްކްރީން ކުރުމަށް ފަހު ނެރުނު ފުރަތަމަ ރިޕޯޓު، ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ނެރެދެއް ދެއްވައިފިއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ކުންފުންޏެއްގެ ހުރިހާ މުވައްޒަފުން ހެލްތު ސްކްރީން ކޮށްފައި ވަނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިއަށްގެންދިޔަ މި ހެލްތު ސްކްރީނިންގ އިން ފާހަގަކުރެވުނު ކަންކަން ރިޕޯޓުގައި ހިމަނާފައި ވާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއެވެ. ރިޕޯޓު ނެރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ސްޓެލްކޯއިން މިދެއްކި ނަމޫނާ އެހެން ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށެވެ.ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަށް އޮފީސް މާހައުލުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ރިޕޯޓެއްގެ އެހީގައި އެކަންކަމުން ރައްކާތެރިވެތިބުމަށް މަގުފަހިވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަބުދުލް ޝަކޫރު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން ދާކަމަށެވެ. އެގޮތުން މުވައްޒަފުންގެ ޖިމްގެ ހިދުމަތާއި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމް ކުރެވިފައި ވާނެކަމަށް ޝަކޫރު ވިދާޅުވިއެވެ. އަދި މި ރިޕޯޓުގެ އެހީގައި އިތުރަށް މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަމަށް ކުރެވޭނެ ކަންކަން އެނގިގެން ދާނެކަމަށްވެސް ޝަކޫރު ވިދާޅުވިއެވެ.