ށ.ފޯކައިދޫ ސްކޫލްގައި 12 ކްލާސްރޫމްއާއި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށްޓަކައި ޑުޕްލެކްސް ޕްރައިވެޓް ލިމިޑެޓްއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަސްލަމްއެވެ.
ސަރުކާރުގެ ބަޖެޓްގެ ޕީއެސްއައިޯގެ ދަށުން މި މަސައްކަތް ކުރުމަށްޓަކައި އެ ކުންފުންޏަށް ހަވާލުކުރީ 210 ދުވަހު ނިންމާގޮތަށެވެ. މި މަސައްކަތަށް ސަތާރަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން އެ ސްކޫލްގައި 12 ކްލާސްރޫމްއާއި 2 ބުރި އިމާރާތުގެ މަލްޓިޕަޕަސް ހޯލް އެއް އަޅަން ޖެހެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް މިއހަރުގެ އޯގަސްޓްމަހަށް ނިންމާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ފޯކައިދޫ ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ހަމަޔަށް ކިޔަވިދެއެވެ. މިގޮތުން އެ ރަށު ސްކޫލްގައި 400 އަށ ްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ. އެސްކޫލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ކިޔަވއިދެމުން އަންނަނީ 2 ދަން ފަޅިއަށެވެ.