ސިޔާސީ

މިނިސްޓަރ މުޙައްމަދު ހުސައިން ޝަރީފް އިސްތިއުފާ ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދުހުސައިން ޝަރީފް މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.އެމަނިކުފާނުވަނީ މިކަން ޕީއެސްއެމަށް ކަށަވަރުކޮށްދެއްވާފައެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދުހުސައިން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ގޭގައި މަޑުކުރެއްވުމަށް އަންގަވާފައިވާތީ މަޤާމުން އިސްތިއުފާ ދެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށެވެ. އަދި ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާކުރާ ކަމަށްވެސް މި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.މިކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.