ޚަބަރު

ކޯވިޑް-19، ދިފާޢު: މީހަތަނަށް ޖުމްލަ 880 މީހުންނަށް ވެކްސިންދީފި


ރާއްޖޭގައި މިހާތަނަށް ޖުމްލަ 880 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިއަދު ކޯވިޑް-19ގެ ވެކްސިން ދީފައިވަނީ ޖުމްލަ 554 މީހުންނަށެވެ. މިއަދަކީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހަންފެށިތާ 2ވަނަ ދުވަހެވެ. މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 666 އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައިވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދެއެވެ. މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހައި ހޮސްޕިޓަލެއްގައިވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށް އެޗްއީއޯސީން މައުލޫމާތުދެއްވައެވެ. މާލޭގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދަނީ ޖުމްލަ 6 ސެންޓަރ މެދުވެރިކޮށްނެވެ.

އެޗްޕީއޭއިން މައުލޫމާތުދެއްވާ ގޮތުގައި ވެކްސިން ޖަހަން ފެށި ފުރަތަމަ ދުވަހު ވަނީ 282 މީހުންނަށް ވެކްސިން ދީފައެވެ. އަދި މާދަމާއިން ފެށިގެން ޢުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމަށް އެންމެންވެސް ރަޖިސްޓްްރީވުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.