ޚަބަރު

ގަލޮޅުގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ


ގަލޮޅުގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ގެއެއްގައި 61 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު މިރޭ 22:43 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.