ޚަބަރު

ކޯވިޑް-19 : އިތުރު 112 މީހުން ޕޮޒިޓިވެއްޖެ


ރާއްޖެއިން އިތުރު 112މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 17،800އިން މައްޗަށް އަރާފައެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 88 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 11 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 14މިހުންނެވެ. މިއާއެކު ވޭތިވެދިޔަ 24ގަޑިއިރު ރެއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 17،828އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު ބަލިން މުޅިން ރަނގަޅުވި މީހުންގެ އަދަދު އިތުރެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ރރާއްޖެއިން 157 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 15،448 އަށް އަރާފައެވެ.

މިވަގުތު ކޯވިޑްގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުން އަންނަނީ 2،315 މީހުންނަށެވެ. އޭގެ ތެރެއިން 193 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 190މީހުންނަށް ފަރުވާދެނީ ވޯޑުގައި އެޑްމިޓްކޮށްގެންނެވެ. 3މީހުންނަށް ފަރުވާދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3497 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މިބަލި ދެނެގަތުމަށް ޖުމްލަ 461،617 ސާމްޕަލް ރާއްޖޭގައި ވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ.