ޚަބަރު

ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން 2 ބިދޭސީން ހޯދަނީ


ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޚިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމަށް ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ޚިޔާނާތުގެ މައްސަލާގައި ހޯދަމުންދާ ދެ ބިދޭސީންނަކީ ތާރާ މިއާ (38އ)އާއި ކަމާލް (36އ)އެވެ. މި 2 މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.