ޚަބަރު

ކޯވިޑް19: އިތުރު 161 މީހުން ޕޮޒިޓިވް، އަލަށް ރަނގަޅުވީ 155 މީހުން


ރާއްޖެއިން އިތުރު 161 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18930އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަދުވަހު އިރުއޮއްސި 6:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 161 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 139 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18930އަށް އަރާފައެވެ.

މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެދިޔަ 24ގަޑިއިރުތެރޭގައި ބަލިން ފަސޭހަވެފައިވަނީ 155 މީހުންނެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 16351އަށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2512 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 162 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން އަތޮޅުތަކުގެ ފެސިލިޓީތަކުގައި 4 މީހުންނަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. ދަރުމަވަނތަ ހޮސްޕިޓަލްގެ އައިސީޔޫގައި 2 މީހުންނަށް ފަރުވާދެމުން އަންނައިރު އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5000 ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 497071 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.