ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއް ވުޒާރާއަކީ އިމިގްރޭޝަންއެވެ. ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އިމިގްރޭޝަންގެ ފަރާތުން އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ އަންހެނުންކަން ފާހަގަކުރެއެވެ.
އިމިގްރޭޝަންގައި މަަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތް ފާހަގަކުރުމަށް އަންނަ އަހަރުން ފެށިގެން 'ރަންކަމަނަ'ގެ ނަމުގައި އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް އަންހެނުންގެ ދުވަހުއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ އިމިގްރޭޝަންގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށްވެސް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށާއި، އެކަމަށް ޙާއްސަ ޕެނަލްއިން ބެލުމަށްފަހު އެވޯޑް ހައްޤުވާ ފަރާތެއް ހޯދާނެ ކަމަށެވެ.
"އެވޯޑްގެ މައިގަނޑު މަޤްސަދަކަށްވަނީ އިމިގްރޭޝަންގައި މަސައްކަތް ކުރާ އަންހެން ކަބަލުނަށް އެކި ކަންކަމުގައި ހިތްވަރު ދިނުމާއި، އެންކަރޭޖްކުރުން،" މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.
Women have their voice and they have proved their competence and capacity in the decision-making process of Immigration.
— Mohamed (Hanafy) ?? (@hanafymv) March 8, 2021
Today, I am making a pledge to introduce ‘Rankamana’ award to acknowledge the hard-working women in Immigration. #IWD2021 pic.twitter.com/8IEWo6lGxw
މުޙައްމަދު އަޙްމަދު ފާހަގަކުރެއްވި ގޮތުގައި އިމިގްރޭޝަންގެ މަތީ މަޤާމްތަކުގައި ގިނަ އަދަދަކަށް އަންހެން ބޭފުޅުން މަސައްކަތްކުރަމުންދާއިރު އިމިގްރޭޝަންގެ ގިނަ ޒިންމާތަކެއް އަންހެން ބޭފުޅުން ދަނީ އުފުއްލަވަމުންނެވެ.
"އިމިގްރޭޝަންގެ ސީނިއަރ މެނޭޖްމަންޓުގައި، އެޗްއޯޑީ ލެވަލްގައިވެސް ގިނަ އަދި ބޮޑެތި ރެސްޕޮންސިބިލިޓީ ވަނީ އަންހެން ކަނބަލުންނާއި ހަވާލުކުރެވިފައި، އޭގެތެރޭގައި އެއަރޕޯޓް، ޕާސްޕޯޓް ޙީދުމަތް އަދި ވިސާ މި ޑިވިޝަންތައްވެސް ހިންގުމާއި ހަވާލުވެގެންތިބީ އަންހެން ކަނބަލުން،" މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.
ބަލްނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މި ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އެނޫންވެސް ތަންތަނުން އަންހެނުންނަށް ހަދިޔާ ދިނުންފަދަ ހަރަކާތްތައް ކުރިއަށްގެންދާތަން ފެނެއެވެ.