ޚަބަރު

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ވައިސް ޗެއަރއަކަށް ނާޝިޒް


ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ (ސީއޭޕީއޭސީ) ގެ ވައިސް ޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒް އައްޔަން ކުރައްވައިފިއެވެ.

މިވަގުތު 40 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ އަކީ ކޮމަންވެލްތުގެ ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ މާލީ ކަންކަމާއި، އަދި ސަރުކާރުތައް ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތައް ދެމެގަތުމަށްޓަކައި އެކުލަވާލާފައި ކޮމިޓީއެވެކެވެ.

މިކޮމިޓީއަށް ނާޝިދު އައްޔަކޮށްފައިވަނީ އިއްޔެ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ ތާއީދާއެކުއެވެ. ނާޝިޒު މިޤަމާއަށް އައްޔަން ވެފައިވަނީ ސްރީލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން ނިއުޖާޒީ ސްޓޭޓްގެ ވޯޓާއެކުގައެވެ. ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުން މާލީ ކަންކަމުގައި އަމަލުކުރަމުންދާ ގޮތް ބަލައި ހުރި މައްސަލަތައް ދެނެގަތުމަށް އުފައްދާފައިވާ މި ކޮމެޓީން އަހަރެއްގެ ތެރޭގައި ތިން ހަތަރު ވޯކްޝޮޕް އެކި ސަރަހައްދުތަކުގައި ބާއްވަމުންދެއެވެ.

ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ.