ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވައިލުމުން އެކަމަށް އެދިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އެޕްރީލް 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.