ޚަބަރު

ޤާޟީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފި


ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ އެކޮމިޝަނުން ތަހުގީގް ކުރަމުންދަނީ ފެމެލީ ކޯޓުގެ އިސް ޤާޟީއެއްގެ މަޤާމާއި ހަވާލުވެ ހުންނެވިއިރު 2018 ވަނަ އަހަރު ޤާޟީ ހަސަން ސައީދު، ހިންގާފައިވާ އަމަލަކާއި ގުޅޭ މައްސަލައެއްކަމަށެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން ޖޭއެސްސީން ތަހުގީގް ކުރަމުންދަނީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ. ކޮމިޝަނުން އޭނާގެ މައްސަލަ ތަހުގީގް ކުރުމަށް ނިންމައި މިހާރު ވަނީ ތަހުގީގް ޓީމެއްވެސް އެކުލަވާލާފައެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއް ތަހުގީގްކޮށްފައެވެ.