ޚަބަރު

ސިވިލް ކޯޓުގެ ޤާޟީ ރިޒްމީން އިދްރީސްގެ ސުލޫކީ މައްސަަލައެއް ބަލަނީ


ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ރިޒްމީން އިދްރީސްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ޤާޟީ ރިޒްމީން އިދްރީސް އާއި ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައަކީ ދަޢުވާކުރާ ފަރާތް ތަމްސީލުކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު، ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ އެކޮމިޝަނަށް ހުށަހަހެޅިފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.