އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ރޯދަމަހާއެކު ގެނައި މި ބަދަލާއެކު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެފްއެސްއެމްގެ މާލެ ސިޓީގެ ޕެޓްރޯލް ޝެޑުތަކުން ޙިދުމަތްދެމުންދާނީ ހެނދުނު 10:00 އަކުން، ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:30 އިން، ދަންވަރު 12:00 އަށް ޝެޑްތަކުން ޙިދުމަތް ދެމުންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
FSM shed operation timings for Ramadan 1442.
— FSM (@FuelSuppliesMv) April 12, 2021
Please note that all sheds will open at 14:00hrs on 1st day of Ramadan. pic.twitter.com/DrvFUH4T03
ހުކުރު ދުވަސްތަކުގައި ޕެޑްރޯލް ޝެޑްތަކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން 5:00 އަކަށެވެ. އަދި ރޭގަނޑު 8:30 އިން، ދަންވަރު 12:00އަށް ޝެޑްތަކުން ޙިދުމަތްދެމުންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގައި އަދި ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވައިފިއެވެ.