ޚަބަރު

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލައިފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑު މިއަދު ހަވީރު ތަޅާލައިފިއެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް މިއަދު ހަވީރު 16:50 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާއިރު މިއަދު މެންދުރުފަހު އިލެކްޝަން ކޮމިޝަންގެ މައި އިދާރާގައި އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންނާއި، އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި އިންތިޚާބާއި ގުޅިގެން ބަހުގެ ހަމަލާތައް ބަދަލުކޮށް ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

އިންތިޚާބާއި ގުޅިގެން އިލެކްޝަންގެ މައި އިދާއިރާގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަމުގައި އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީން ދެއްވި ވާހަތަކަތައްވެސް ކުށްވެރިކޮށްފައެވެ. އަދި ކޮމިޝަނުން މިއަދު ކޮށްފައިވާ މަސައްކަތަކީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ޝީޓުތަކުގައި ޖެހުނު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.