ޚަބަރު

ޑޮލަރު ދޭނެކަމަށްބުނެ މަކަރާއި ހީލަތް ހަދަމުންދާ މީހަކު ހޯދަނީ


ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުވުމަށް ފުލުހުން އަންގައިފިއެވެ.

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލާގައި ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ މއ. ހަނީސަކްލް -1، އައިޑީކާޑު ނަންބަރު (A122522) ޙުސައިން ޝިފާޢު (35އ)އެވެ. ފުލުހުން ވިދާޅުވީ އޭނާ ހާޒިރުވުމަށް އަންގާފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

މިމީހާ ހާޒިރުވުމަށް އަންގާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށެވެ.