ޚަބަރު

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަނީ


މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަނީ މިދިޔަ މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ހިނގި މާރާމާރީގައި އަނިޔާވި މީހެއްކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ
ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައިކަމަށާއި މި މާރާމާރީގައި ދެމީހަކު ވެގެން ބިދޭސީއަކަށް ހަމަލާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީގައި އަނިޔާ ލިބުނު މީހަކީ ކާކުކަން ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެއީ ކާކުކަން އަދި އެނގިފައިނުވާކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.