ޚަބަރު

ހަތަރު މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެއްޗަކީ ދެފަހަރެއްގެ މަތީން ކުރިއަރގެ މަގުން އިއްޔެ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގަކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން އަތުލައިގެންފައިވަނީ ނައިޖީރިއާއިން ރާއްޖެއަށް އެތެރެ ކުރަންއުޅުނު 1،032 ގުރާމު ކޮކެއިން އާއި، ޖެމެއިކާއިން ރާއްޖެއެއަށް އެތެރެކުރަން އުޅުނު 547 ގުރާމު ކޮކެއިންއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1,579 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ޖުމްލަ 4,737,000.00 (ހަތަރު މިލިއަން ހަތްލައްކަ ތިރީސް ހަތްހާސް) ރުފިޔާއަށް އަރައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ.