ޚަބަރު

ގޭގެއަށް ގޮސް ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް ފަށައިފި


ޕާސްޕޯޓްގެ ޚިދުމަތް ހޯދުމަށް އިމިގްރޭޝަން އޮފީހަށް ދިއުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ގޭގެއަށް ގޮސް ޕާސްޕޯޓް ހަދައިދިނުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ. "އުޒުރުވެރިންގެ ޕާސްޕޯޓު، އުޒުރުވެރިންނާއި ހަމައަށް" މި ނަމުގައި އިމިގްރޭޝަނުން ފެށި މިޚިދުމަތުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ދޮށީ އުމުގެ މީހުންނަށް، އީ-ޕާސްޕޯޓްގެ ޚިދުމަތް އެފަދަ މީހުންގެ ގޭގޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ ދަށުން މިއަހަރު ފެށުމަށް ނިންމާފައިވާ ހިދުމަތައެއް ކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ. މިޚިދުމަތް މިވަގުތު ފޯރުކޮދެނީ ހަމައެކަނި މާލޭގެ ރައްވެހިންނަށް ކަމުގައި ވިއަސް، ކުރިއަށް އޮތް މުސްތަޤްބަލުގައި ރާއްޖޭގެ އެކިކަންކޮޅު ތަކަށް މިޚިދުމަތް ފުޅާކުރެވޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.