ދުނިޔޭގެ ވިޔަފާރި

ނެސްލޭއިން ބައުންޓިފުލް ގަންނަނީ


ކާބޯތަކެތި އުފައްދާ ކުންފުންޏެއްކަމުގައިވާ ނެސްލޭއިން ނިއުޓްރީޝަނަލް ސަޕްލިމެންޓްރީ އުފައްދާ ބައުންޓިފުލް ކުންފުނި ގަތުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދާކަމަށް ވޯލް ސްޓްރީޓް ޖާރނަލްގައި ރިޕޯޓްކޮށްފިއެވެ.

އަންނަ ހަފްތާގައި ނިންމާނެ ކަމަށް ބެލެވޭ މި ނިންމުގެ އެއްބަސްވުމަކާހަމައަށް އަދި ނުދެވޭކަމަށް އެ ޖާރނަލްއިން ރިޕޯޓް ކުރެއެވެ.

ބައުންޓިފުލް ކުންފުންނީގެ ގިނަ ޙިއްޞާ ގަނެފައިވާ ކޭކޭއާރް ކުންފުންނިން ނޭޗާރސް ބައުންޓީ ވިޓަމިން، އޮސްޓިއޯ ބައި ފްލެކްސް ޖޮއިންޓްކެއަރ ސަޕްލިމެންޓްސް އަދި ޕްރިޓަންސް ޕްރައިޑް ވިޓަމްނިސް އެންޑް ސަޕްލިމެންޓްސް މިހާރުވެސް ދަނީ އުފައްދަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ޕެކޭޖްޑް ފުޑް ކުންފުނިކަމުގައިވާ ނެސްލޭއިން ދާދި ފަހުން ވަނީ ކޮންސިއުމަރުންގެ ސިއްޙައްތަށް ފައިދާހުރި ތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަދެ ވިޔަފާރި ފުޅާކޮށްފައެވެ. މިގޮތުން ވިޓަމިން އަދި ނިއުޓްރީޝަނަލް ބޭސް އުފައްދާ ކުންފުނިތައް ގަތުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުންފުނިން ވަނީ ކޮށްފައެވެ.

10 އަހަރު ދުވަހުގެ މުއްދަތަކަށް ކުއާޓަރ ސޭލްސްއިން އެންމެބޮޑު ކުރިއެރުން ހޯދި ޚަބަރު ބުރާސްފަތި ދުވަހު ނެސްލޭއިން ވަނީ ރިޕޯޓް ކޮށްފައެވެ. މިކަން ކާމިޔާބު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ކޮންސިއުމަރުންކަމުގައިވެސް ނެސްލޭއިން ބުނެއެވެ.