ގޭސް ފުޅިއެއް ވަގަށް ނެގި 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހޭންވެރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް 2 މީހަކު ހޯދަމުންދާކަމަށެވެ. ފުލުހުން ވަނީ އެ 2 މީހުން ގޭސް ފުޅި ވަގަށް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.
ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯގައި 2 މީހަކު މަގުމަތިން ހިނގާފައި އައިސް ގެއެއްގެ ދޮރުކައިރީ މަޑުކުރާ ތަން ފެނެއެވެ. އަދި އިރުކޮޅެއްވަންދެން ތިބުމަށްފަހު އެތަނުން އެކަކު އެ ގޭގެ އެތެރޭގައި ބަހައްޓާފައި ހުރި ގޭސް ފުޅި ނަގައިގެންދާ މަންޒަރު ފެނެއެވެ.
ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީ
— Maldives Police (@PoliceMv) April 28, 2021
މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/8GBWQmW4zi pic.twitter.com/wEmoWIgt8H
މި ވީޑިއޯއިން ފެންނަ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.