ދުނިޔޭގެ ވިޔަފާރި

ސައުތު ކޮރެއާގެ އިޤްތިޞާދު އަނެއްކާވެސް ރަނގަޅުވާން ފަށައިފި


ޤައުމުގެ އެކްސްޕޯޓަށް އައި ހެޔޮ ބަދަލާއެކު ދެކުނު ކޮރެއާގެ އިޤްތިޞާދު ލަފާ ކުރިގޮތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއަރަން ފަށައިފިއެވެ.

ދެކުނު ކޮރެޔާގެ އިޤްތިޞާދު ކުރިއަރަން ފަށާފައިވާއިރު ސަރުކާރުން ވަނީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޙަބަރު ފަތުރާ ވަސީލަތެއްކަމަށްވާ ރޮއިޓާރސްއިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކިވަރަށް ވުރެ އަވަހަށް ކޮރެޔާގެ ޖީޑީޕީ ވަނީ ކުރިއަށް ޖެހިލާފައެވެ. ލަފާކުރި މުއްދަތަށްވުރެ 3 މަސް ކުރިން މާރިޗްމަހުގެ ކުއާޓަރުގައި ޖީޑީޕީ ވަނީ 1.6 އިންސައްތައިގައެވެ. އަދި ޑިސެމްބަރު ކުއާޓަރުގައި 1.2 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށްވެސް ކޮރެއާގެ ބޭންކުން ބުނެއެވެ.

އޭޝިއާގެ 4 ވަނައަށް އެންމެ ރަނގަޅު އިޤްތިޞާދެއް އޮންނަ ކޮރެއާއިން އަންނަނީ ކޯވިޑަށްފަހު އިޤްތިޞާދު އާރާސްތު ކުރަމުންނެވެ. 1998 ވަނަ އަހަރަށްފަހު އެޤައުމުގެ އިޤްތިޞާދު އެންމެ ދަށްވީ މިދިޔަ އަހަރުއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކޮރެއާއިން ވަނީ ވަރަށް ރަނގަޅު އިޤްތިޞާދެއް ދަމަހައްޓާފައެވެ. މިކަމުގެ އަސްލަކީ އެމީހުންގެ އުފެއްދުންތަކަށް ބޭރުގެ ޑިމާންޑް އިތުރުވުމެވެ.
މިގޮތުން ކާރާއި ޗިޕްސް ފަދަ އުފެއްދުންތައް ފާހަގަކޮށްލެވެއެވެ.

އިޤްތިޞާދީ މާހިރުން ވިދާޅުވާގޮތުގައި ކޮރެއާގެ އިޤްތިޞާދު އެންމެ ކުރިއަރައިގެންދާނީ މި ކުއާޓަރާއި އަންނަން އޮތް ކުއާޓަރުގައެވެ.