ޚަބަރު

ހައިރިސްކު ޤައިދީން ގެއަށް ބަދަލުކުުރުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަންދާތީ ޖަލުތަކުގައި ތިބި ހައިރިސްކު ޤައިދީން ޢާއިލާކައިރިއަށް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމިޝަނާ އޮފް ޕްރިޒަން އަޙްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ޖަލުގައިތިބި ޤައިދީންގެ ތެރެއިން ހައިރިސް ގައިދީން ގެއަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން ޢާއިލާކައިރިއަށް ބަދަލުކުރަންޖެހޭ ޙާލަތުގައި ތިބި މީހުންނާއި ބައެއް ޢާއިލާތަކުގެ އަޅާލުން ނުލިބިތިބި މީހުން ދެނެގަނެ އެކަމަށްޓަކައި ކުރަންޖެހޭ އެމަސައްކަތް ކުރަމުންނެވެ.

ޖަލުގައި ތިބި ހައިރިސްކް މީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުންދާއިރު، 5އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފިޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވަނީ ކޯވިޑް-19 އާއި ގުޅިގެން ގެއަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ވަގުތީ ގޮތުން ގެއަށް ބަދަލު ކުރީ ހައިރިސްކު ބޭފުޅަކަށްވާތީއެވެ.

ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށްފައެވެ.