ދުނިޔޭގެ ވިޔަފާރި

ނިސާންގެ ފައިދާ 12 އިންސައްތަ ދަށަށް


ޖަޕާންގެ މަލްޓިނޭޝަނަލް އޮޓޯމޮބައިލް އުފައްދާ ކުންފުނި ކަމަށްވާ ނިސާން ގްރޫޕްގެ ޙިއްޞާ 5 މަހަށްފަހު 12.2 އިންސައްތައަށް ދަށްވެއްޖެއެވެ.

ނިސާން ގްރޫޕްގެ ޙިއްޞާ ދަށަށް ދިޔައީ ދުނިޔޭގައި ޗިޕްގެ އަގު ބޮޑުވުމާއި ރޯ މެޓީރީއަލްސްގެ އަގު މަތިވުމުން ކަމަށް ނިސާނުން ވަނީ ބުނެފައެވެ. ނަމަވެސް އަންނައަހަރުގެ މާރޗްގައި ކުންފުނީގެ ފައިދާ ރަނގަޅުވާނެ ކަމަށް ލަފާކުރާކަމަށް ނިސާނުން ބުނެއެވެ.

ޖަޕާނުގައި 3 ވަނައަށް އެންމެ ގިނަ ކާރު އުފައްދާ ނިސާން ކުންފުންޏަށް 2.23 ބިލިއަން ޑޮލަރުގެ ފައިދާވާނެ ކަމަށް މީގެކުރިން ސްމާރޓް އެސްޓިމޭޓުން ވަނީ ލަފާކޮށްފައެވެ.

ސިއީއޯ އުޗިޑާ ވިދާޅުވިގޮތުގައި ސެމީ ކޮންޑަކްޓަރު ނުލިބުން ފަދަ ގެއްލުންތައް ކުންފުންޏަށް ލިބުނު ކަމުގައިވިޔަސް އޮޕަރޭޓިންގް ފައިދާއެއްވާނެ ކަމަށް ކުންފުނިން ލަފާކުރެއެވެ. އަދި ފުރަތަމަ ކުއާޓަރއަށްފަހު އައުޓްލުކް ގައިޑެންސުން މި އަޕްޑޭޓްތައް ފެންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާންގައި ހުންނަ އޮޓޮމޭޓިވް ޗިޕް ހަދާ ކުންފުނި ރެނެސަސް އިލެކްޓްރޯނިކްސް ކޯޕަރޭޝަންގައި އަލިފާން ރޯވުމުގެ ސަބަބުން ޓެކްސަސްގައި ހުންނަ ގިނަ ޗިޕް ހަދާ ކުންފުނިތަކަށް ވަނީ އަސަރުކޮށްފައެވެ. އަދި މީގެ ސަބަބުން ނިސާންއަށް ޖެހުނީ އެމީހުންގެ 1300000 ވެހިކަލް އުފެއްދުން މަޑުޖައްސާލާށެވެ. މިދިޔަ އަހަރު 40 ބިލިއަން ޔެންގެ ގެއްލުން ވެފައިވާ ނިސާން ކުންފުންޏަށް މިއަހަރު މާރޗް ނިމުނުއިރުވަނީ 150.65 ބިލިއަން ޔެންގެ ގެއްލުން ވެފައެވެ.

ފެބްރުއަރީ މަހު 205 މިލިއަން ޔެންގެ ގެއްލުންވާނެ ލާފާކުރިއިރު ޗައިނާ އާއި އެމެރިކާގެ ވިޔަފާރި ރަނގަޅުވުމުންނާއި، ބައެއް ޚަރަދުތައް ކުޑަކުރުމުން ކުންފުނުންޏަށް ލިބުނު ގެއްލުންވަނީ އެއަށްވުރެ ކުޑަވެފައެވެ.

ނިސާން ކުންފުނިން މިދިޔަ އަހަރު 4.052 މިލިއަން ވެހިކަލް ވިއްކާފައިވާއިރު މިއަހަރު 4.4 މިލިއަން ވެހިކަލް ވިއްކުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިއީ އަދިވެސް މީގެ ދެއަހަރު ކުރިން ވިއްކުނު އަދަދަށްވުރެ މަދު އަދަދެކެވެ.