ދުނިޔޭގެ ވިޔަފާރި

ހިޔުންދާއީން އެމެރިކާގައި އިންވެސްޓްކުރަނީ


2025 ވަނަ އަހަރު އަންނަންވާއިރަށް އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމަށްޓަކައި ދެކުނު ކޮރެއާގެ ހިޔުންދާއީ މޮޓޯ ގްރޫޕުން އެމެރިކާގައި 7.4 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

ހިޔުންދާއީން މިކަން އިޢުލާނުކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސަތުން އިލްކްޓްރިކް ކާރު އުފެއްދުމަށް އިސްކަމެއްދީގެން ސަރުކާރުގެ 650000 ވެހިކަލް އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގައި އުފައްދާތަކެތި އިތުރުކުރުމުގެ ގޮތުން ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރެކްޓިސްތަކަށް ހަރުކަށި އުޞޫލުތަކެއް ކަނޑައެޅުމަށްވެސް ޖެނުއަރީމަހު ބައިޑަންވަނީ އަމުރެއް ނެރެފައެވެ. މާހިރުން ދެކޭގޮތުގައި ބައިޑަންގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ޕޮލިސީން ސަބްސިޑީޒްއާއި ޓެކްސް އިންސެންޓިވް ހޯދުމަށް އެމެރިކާގައި ހިޔުންދާއިންކުރާ އިންވެސްޓްމަންޓަކީ މުހިންމު އިންވެސްޓްމެންޓަކަށްވާނެއެވެ.

ހިޔުންދާއީން އެމެރިކާގައި އިންވެސްޓް ކުރަން ނިންމިއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންގެ ބައްދަލުވުމެއް އަންނަ ހަފްތާ ވޮޝިންގޓަންގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަތައް ދެކެވޭނީ އުތުރު ކޮރެއާގެ ކޯވިޑް ވެކްސިނާއި އެނޫންވެސް މުހިންމު ވާހަކަތަކުގެ މައްޗަށެވެ.

އިލެކްޓްރިކް ވެހިކަލް އެމެރިކާގައި އުފައްދަން ހިޔުންދާއީން އަންނަ އަހަރު ފަށާއިރު ގުޅިފައިވާ ދެވަނަ ކުންފުނި ކިއާ ކޯޕްއިން ވެސް އެމެރިކާގައި އިލެކްޓްރިކް ވެހިކަލް އުފައްދަން ދަނީ ތައްޔާރުވަމުންނެވެ. ހިޔުންދާއީގެ ކާރުޚާނާއެއް އަލަބާމާގައި ހުންނަ އިރު ކިއާއިން ދަނީ ޖޯޖިއާގައި ހުންނަ ކާރުޚާނާއެއްގައި ވެހިކަލް އުފައްދަމުންނެވެ.

އެމެރިކާގެ މާކެޓްގެ ޙާލަތަށް ބަލާފައި އުފެއްދުންތައް ފުޅާކުރުމަށާއި ދެންހުރި އެހެނިހެން ކަންތައްތައްވެސް ކުރުމަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމުގައި ހިޔުންދާއީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ސައުތު ގްރޫޕްގެ ޗެއަރމަން ވިދާޅުވިގޮތުގައި 5 ބިލިއަން ޑޮލަރަށްވުރެ ގިނަނުވާގޮތަށް ބެޓްރީގެ ވިޔަފާރިއަށް ދެކުނު ކޮރެއާއަށް އެމެރިކާގައި އިންވެސްޓް ކުރެވިދާނެއެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދެނުކު ކޮރެއާ އިނޮވޭޝަނުން އީވީ ބެޓްރީ އުފެއްދުމަށް 2.6 ބިލިއަން ޑޮލަރު ޖޯޖިއާގައި ހުންނަ ކާރުޚާނާތަކަށް ވަނީ އިންވެސްޓް ކޮށްފައެވެ.