ދުނިޔޭގެ ވިޔަފާރި

ފިލިޕީންސުން ހަނޑުލުގެ ޑިއުޓީ ކަނޑާލަނީ


ކާބޯތަކެތީގެ ދަތިކަން ފިލުވުމަށްޓަކައި އިމްޕޯޓްކުރާ ހަނޑުލުން ޑިއުޓީ ކަނޑާލުމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ނިންމަވައިފިއެވެ.

މި ނިންމުމަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގައި މަތިވަމުންދާ އިންފްލޭޝަނާއި ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގު ބޮޑުވަމުންދާ ދިއުމާއި ޤައުމަށް ހަނޑޫ ނުލިބިދާނެތީ ނިންމި ނިންމުމެއްކަމަށް އެޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހަނޑުލުގެ ޑިއުޓީން 35 އިންސައްތަ ކަނޑާލުމަށާއި އިންކޯޓާ ޕާރޗޭސްއިން 40 އިންސައްތަ އަދި އައުޓް ކޯޓާ ވޮލިއުމުން 50 އިންސައްތަ އެއް އަހަރުގެ މުއްދަތަށް ކަނޑާލުމަށް ފިލިޕީންސްގެ ރައީސްގެ ރަސްމީ އަމުރެއްގައި ވަނީ ނިންމާފައެވެ.

އެތެރޭގެ މުޅި އަހަރު ބޭނުންކުރުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ޖެނުއަރީމަހު ލަފާކޮށްފައިވަނީ އާއްމުކޮށް މީހުން ކައިބޮއިއުޅޭ ތަކެތިން 1.7 މިލިއަން ޓަނު ބޭނުންވާނެކަމަށެވެ. ޤައުމަށް ބޭނުންވާ 90 އިންސައްތައިގެ މުދާ ފިލިޕީންސްއިން މިހާރުވެސް އެތެރެކުރަނީ ވިއެޓްނާމުންނެވެ.

ދަނޑުތަކުގައި ހައްދާ ހަނޑޫ ވަނީ 2.6 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރު 19.3 މިލިއަން ޓަނުގެ ހަނޑޫ އުފެއްދިއިރު ސަރުކާރު މިއަހަރު އަމާޒުކުރަނީ 20.5 މިލިއަން ޓަނުގެ ހަނޑޫ އުފެއްދުމަށެވެ. ނަމަވެސް މޫސުމީ ގިނަ ޠޫފާނާއި ކޮންމެ އަހަރަކު ފިލިޕީންސަށް ކުރިމަތިލާންޖެހޭއިރު ގޮވާންތައް އެންމެ ބޮޑަށް ލިބޭ ދުވަސްވަރުކަމަށްވާ އަހަރުގެ މެދެއްހާ ހިސާބުގައި ވަނީ ބާރުގަދަ ތޫފާނެއްގެ ސަބަބުން ހަނޑުލާއި ޒުވާރިފަދަ ގޮވާމުގެ ބާވަތްތަކުގެ ދަނޑުތައް ވަރަށް ބޮޑަށް ސުންނާފަތިވެފައެވެ.