ވ.އަތޮޅު ފެލިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް ޤާއިމްކުރުމުގެ
މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލުން ބުނީ މި ބްރާންޗްގެ ޙިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ
އަތޮޅެއްގައި ބޭންކުގެ ބްރާންޗްތައް ޤާއިމްކުރެވުނީ ކަމަށެވެ.
އަދި ވަރަށް އަވަހަށް މި ބްރާންޗް ގެ މަސައްކަތް ނިމި އެ
ބުރާންޗުން ޙިދުމަތް ދެވެން ފެށޭނެ ކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް
ފައިސާ ނެގުމުގެ ޙިދުމަތް މިއަހަރު ތެރޭގައި ނިމި ރާއްޖޭގައި މީހުން ދިރިއުޅޭ
ހުރިހާ ރަށެއްގައި ބޭންކުގެ ޙިދުމަތް ޤާއިމްކުރުމަށް ބީއެމްއެލްއިން އަންނަނީ
މަސައްކަތް ކުރަމުންނެވެ.
އަދި މީހުން ދިރިއުޅޭ ހުރިހާ ރަަށަކަށް
އެޖެންޓުން މެދުވެރިކޮށް ބޭންކިންގ ޙިދުމަތް ދިނުމަށާއި އޮންލައިން އަދި ސެލްފް
ސަރވިސް ބޭންކިންގ ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް ތަރައްޤީކުރުމަށް
އިންވެސްޓްކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.