ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 155އަށް


ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ނިޔާވެ، ބަލީގައި މިހާތަނަށް ނިޔާވި މީހުންގެ އަދަދު 155އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހެނދުނު 2:14ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 155ވަނަ މީހާއެވެ. އަދި މިއީ މިއަދު މަރުވި 4ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން މިއަދު ނިޔާވި އަނެއް 3 މީހުންނަކީ މިއަދު ހެނދުނު 10:53 ހާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 69 އަހަރުގެ އަންހެނަނާއި، ރޭ 2:15 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވި އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކާއި ފަތިހު 5:55ހާއިރު ނިޔާވި 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި 4 މީހުންނާއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައެވެ. އަދި މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 154 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 117 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.